ވެހި ފުލުހުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލިބުނު ތަމްރީނު ފުރުޞަތުތަކެއްގައި ދިވެހި ފުލުހުންގެ 11 ފުލުހަކު އަވަށްޓެރި އިންޑިއާ އަށާއި ޕާކިސްތާނަށް ފުރައިފިއެވެ.
މި ތަމްރީނު ފުރުޞަތުތަކުގައި ބައިވެރިވުމަށް ފުރާފައިވާ 11 ފުލުހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގައި ކުރިއަށްދާ ތަމްރީނު ޕްރޮގްރާމަކަށް ފުރި ފުލުހަކާއި އިންޑިއާގައި ކުރިއަށްދާ ތިން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުރި 10 ފުލުހެކެވެ.
އިންޑިއާއަށް ފުރި 10 ފުލުހުންގެ ތެރެއިން ހަ ފުލުހުންނަކީ އިންޑިއާގެ ގުޖަރާތު ފޮރެންސިކް ޔުނިވަރސިޓީ އިން ކުރިއަށް ގެންދާ “ރޯލް އޮފް ފޮރެންސިކް ސައިންސް އިން އިންވެސްޓިގޭޝަން އޮފް ކްރައިމް” ޕްރޮގްރާމުގައި ބައިވެރިވާ ފުލުހުންނެވެ. މި ނޮވެމްބަރ 13 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ބައިވެރިވާ ދިވެހި ފުލުހުންނަކީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އުސާމަތު މުޙައްމަދު އާއި ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު ޝިފާޢު އަޙްމަދު އާއި ޕޮލިސް ސްޓާފް ސާޖަންޓް ޝާތިރު އަޙްމަދު އާއި ޕޮލިސް ސާޖަންޓް މަމްދޫޙް މުޙައްމަދު އާއި ޕޮލިސް ސާޖަންޓް އަޙްމަދު ޒާއިިލްގެ އިތުރުން ޕޮލިސް ސާޖަންޓް މޫސާ މުޢާޛްއެވެ.
މި ކޯހުގެ އިތުރުން އިންޑިއާގެ ބެންގަލޫރުގެ ޔޫ.ޓީ.އެލް ޓެކްނޮލޮޖީސް ލިމިޓެޑް ގެ ފަރާތުން ހިންގާ “އައިޓެކް ސްކީމް 2017 : ސަރޓިފިކެޓް ކޯސް އިން އެޑްވާންސް މޮބައިލް ކޮމިއުނިކޭޝަން ޓެކޮނޮލޮޖީސް” ޕްރޮގްރާމްގައި ދެ ފުލުހަކު ބައިވެރިވާއިރު މި ދެ ފުލުހުންނަކީ ޕޮލިސް ސްޓާފް ސާޖަންޓް އަޙްމަދު ފަޒީލް އާއި ޕޮލިސް ސާޖަންޓް މުޙައްމަދު ނަދީމްއެވެ. މި ޕްރޮގްރާމް މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ފަށާފައިވާއިރު މި ތަމްރީން ޕްރޮގްރާމް 10 ހަފްތާގެ މުއްދަތަށް ކުރިއަށްދާނެއެވެ.
އިންޑާއަށް ފުރި ފުލުހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯރ މައިކްރޯ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ގެ ފަރާތުން ހިންގާ “އައިޓެކް ސްކީމް 2017 : ” ޓްރޭނިންގ މެތަޑްސް އެންޑް ސްކިލްސް ފޯރ މެނޭޖާސް” ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރި ދެ ފުލުހުންނެވެ. މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 8 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ދެ ފުލުހުންނަކީ ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު ރިޝްވާން އާއި ޕޮލިސް ސްޓާފް ސާޖަންޓް ޝަޒްވާން އަޙްމަދުއެވެ.
މީގެ އިތުރުން ޕާކިސްތާނުގައި ކުރިއަށް ގެންދާ 30 ވަނަ “ސައުތު އޭޝިއަން ޓީޗިން ސެޝަން އޮން އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ” ޕްރޮގްރާމުގައި ބައިވެރިވުމަށް އެޤައުމަށް ފުރާފައިވަނީ ޕޮލިސް ސްޓާފް ސާޖަންޓް އަޙްމަދު އަނީސް އެވެ. މި ތަމްރީން ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް ގެ ފަރާތުން މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.