ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކިޔުމަށް ހޭދަވާނީ 34ސ
ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަތީ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހުޅުމާލެއިންނެވެ.

ފުލުހުން އެކަން ހާމަކޮށްފައިވަނީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައދަލުވުމެއްގައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވިދާޅުވީ އެތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ހަވީރު 18:40 ކަންހާއިރު ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި ކަމަށެވެ.

މި ތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ފަސްދޮޅަސްހާސް ހަތަރު ސަތޭކަ ދިހަ ރުފިޔާއަށް އަރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު އޮންލައިން