ހުޅުމާލެ ޕޮލިސް އިން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ތުޙުމަތުކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ހއ.ވަށަފަރު، ކާމިޔާބުގެ، ޙުސައިން ޙާފިޡު (35އ) އެވެ.
ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސްގެ ޑިއުޓީ ނަމްބަރު 9790089 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދެންނެވިއެވެ .