ބެލްކަނީގައި ގަސްތައް ބަހައްޓާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ބައެއް ގޭގޭގެ ބެލްކަނީ ތަކުގައި ގަސްމުށިތައް ބަހައްޓާފައި ހުންނަ ކަމަށާއި ހުންނަނީ މަގާއި ވަރަށް ގާތުގައި ކަމަށެވެ. މިފަދަ ގަދަ ވިއްސާރައެއް ކުރާއިރު އަންނަ ގަދަ ވަޔާއެކު ގަސް މުށިތައް ވެށްޓުމުގެ ފުރުޞަތު ބޮޑު ކަމަށާއި އެފަދަ ކަމެއްގެ ސަބަބުން ކިތަންމެ ބޮޑު އަނިޔާއެއްވެސް މީހަކަށް ވެދާނެކަމަށެވެ.
ފުލުހުން ބުނީ މޫސުމީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ރައްޔިތުންގެ ހޭލުންތެރިކަން މުހިންމު ކަމަށާއި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.
އުސް އިމާރާތްތަކުގެ ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.