ހިންނަވަރަށް އައި ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ހިންނަވަރަށް އައި ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހިންނަވަރަށް އައި ލޯންޗެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފިއެވެ.

މިތަކެތި ފެނިފައިވަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި މާލެއިން ފުރައިގެން ހިންނަވަރަށް އައި ލޯންޗެއްގެ ތެރެއިން ފެނުނު ދަބަހެއްގެ ތެރެއިންނެވެ. މިދަބަސް ބަލައިފާސްކުރިއިރު ދަބަސްތެރެއިން ފެނުނު ފިބާ ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ. އަދި މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން