ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އާއި އިންސްޓިޓުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އައިލްސް) ގުޅިގެން ޔުނިސެފްގެ އެހީތެރިކަމާއެކު ބޭއްވި "ވޯކިން ވިތު އިންޓަރޕާސަނަލް ޓްރޯމާ" މަސައްކަތު ބައްދަލުވުން ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުންދީފިއެވެ.
މިކަމަށްޓަކައި ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ ޕަރމަނަންޓް ސެކްރެޓަރީ އާމިނަތު ޝިފާނާއެވެ. މިރަސްމިއްޔާތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފް އާއި އައިލްސްގެ ފެކަލްޓީ އޮފް ކްރައިމް އެންޑް ސޯޝަލް ސައިންސެސްގެ ޑީން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީޙް އާއި ޔުނިސެފްގެ ސެކްޝުއަލް އެސަލްޓް ކޮންޝަލްޓެންޓް ޖެކޮލިން މޫސް ވަނީ ބައިވެރިވެފައެވެ.
ވިކްޓިމް ސަޕޯޓް އޮފިސަރުން އާއި ސޯޝަލް ވޯރކާސް އާއި އިންވެސްޓިގޭޝަން އޮފިސަރުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފުލުހުންގެ އިތުރުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުންނާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ މުވައްޒަފުން ހިމެނޭގޮތަށް 25 ބައިވެރިން ބައިވެރިވެފައިވެއެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި ސެޝަންތައް ނަންގާދެއްވައިފައިވަނީ ސެކްޝުއަލް އެސަލްޓް ކޮންޝަލްޓެންޓް ޖެކޮލިން މޫސްއެވެ.