3 ރަށެއްގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ކިޔުމަށް ހޭދަވާނީ 31ސ
3 ރަށެއްގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުން ހަރަކާތްތެރިވާން ފަށައިފި
ވިއްސާރައިގެ ސަބަބުން 3 ރަށެއްގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ވިއްސާރައިގެ ސަބަބުން ބޯކޮށް ވާރޭވެހި، ބ. މާޅޮސް، ލ. އިސްދޫ އަދި ގއ. ވިލިގިނލީގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި އެ ރަށްރަށުން ފެން ހިއްކުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

އެގޮތުން ގޭގެއަށް ފެން ވަނުމަނުދިނުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މަސައްކަތުގައި އެ ރަށްރަށުގެ ކައުންސިލުންނާއި ރައްޔިތުންގެ އެހީތެރިކަންވެސް ލިބެމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.
މިއަދު އޮންލައިން