އެކަން ހާމަކުރައްވާފައިވަނީ އދ ގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރ ޑރ. ޢަލީ ނަޞީރުއެވެ. ޢަލީ ނަޞީރު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާނީ އިރުމަތީ ޖެރޫސަލަމަކީ ފަލަސްޠީނުގެ ވެރިރަށަށް ހެދުމަށް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ޑރ. ޢަލީ ނަޞީރު ތަޤްރީރު ކުރައްވަންވެސް ވަނީ ހަމަޖެހިފައެވެ. މި ތަޤްރީރުގައި ފަލަސްޠީނުގެ ކަންކަމުގައި ރާއްޖެއިން އަމަލުކުރާނެ ސިޔާސަތު ހާމަކުރައްވާނެއެވެ.
Jerusalem will take center stage at UNGA today #Maldives co-sponsored Resolution declaring null & void any action to alter status of the Holy City. Maldives will deliver a statement at the Session reiterating its position that EastJerusalem as the Capital of Palestine #Mdv4UNS
— Ali Naseer Mohamed (@AlinyMohamed) December 21, 2017
ރާއްޖެއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ މިއަދުގެ ވޯޓުގައި ޤަރާރާއި އެއްކޮޅަށް ވޯޓުދޭ ޤައުމުތަކަށް އެމެރިކާގެ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޓްރަމްޕް ދީފައި ވަނިކޮށެވެ.