ހުޅުމާލޭގެ ގެއަކުން ވަގަށްނެގި ފައިސާތަކެއް ފުލުހުން ހޯދައިފި

ކިޔުމަށް ހޭދަވާނީ 43ސ
ހުޅުމާލޭގެ ގެއަކުން ވަގަށްނެގި ފައިސާތަކެއް ފުލުހުން ހޯދައިފި
ހުޅުމާލޭގެ ގެއެއްގެ އެޕާޓްމަންޓަކުން ވަގަަށް ނަގައިފައިވާ ގިނަ އަަދަދެއްގެ ފައިސާތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން މި ފައިސާތައް ހޯދާފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގައި އިމާރާތްކުރުމަށް ދޫކޮށްފައިވާ ބިމެއްގެ ކައިރި ބަލާ ފާސްކޮށް، އެ ސަރަހައްދުގައި ހުރި ގަސްތަކެއްގެ ތެރޭގައި ފޮރުވާފައިވަނިކޮށްކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ގަސްތަކުގެ ތެރެއިން ފުލުހުންނަށް 5700 އެމެރިކާ ޑޮލަރާއި 17000 ސީރިއާ ޕައުންޑްގެ އިތުރުން ސިނގިރޭޓް ކާޓޫނަކާއި ސިނގިރޭޓް ފޮށިތަކެއް ވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުންޏެވެ.

ހުޅުމާލެ ގެއަކުން ވައްކަންކުރި މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހުށައަޅާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި މައްސަލަ ދަނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުޤީޤުކުރަމުންނެވެ.


މިއަދު އޮންލައިން