މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލޭގައި ވައްކަންކޮށްފައިވަނީ ބިދޭސީއަކު ދިރިއުޅޭ އެޕާޓްމަންޓަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިމޭރުމުން ވިދާޅުވީ އެ އެޕާޓްމަންޓުން ވަގަށް ނަގާފައިވަނިކޮށް ފުލުހުން އިއްޔެ ހޯދި ފައިސާތަކުގެ ތެރޭގައި ސީރިޔާގެ ފައިސާ ހުރުމުން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ހުޅުމާލެއަކީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ރަށެކެވެ. އެއިގެތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ގިނަ ޤައުމުތަކެއްގެ މީހުން ހިމެނެއެވެ.
ހުޅުމާލޭގައި މާހައުލުގެ ހިތްހަމަޖެހުން އޮތުމާއިއެކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މީހުންނަށް ހުޅުމާލޭގައި ދިރިއުޅެން ފަސޭހަވުމުން މާލޭގައި ދިރިއުޅުނު ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވަނީ ހުޅުމާލެއަށް ބަދަލުވެފައެވެ.