ރ.މަޑުއްވަރީގައި ފުލުހުންގެ ކާރަކަށް ގެއްލުންދިން މައްސަލާގައި ފުލުހުން އިއްޔެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޑުއްވަރީގައި ބޭނުންކުރި ފުލުހުންގެ ކާރަކަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 41 އަހަރުގެ މީހެއްކަމަށެވެ. އަދި އޭނާގެ ބަންދަށް މާކުރަތު ކޯޓުން 15 ދުވަސް ދީފައިވާކަމަށެވެ.
މަޑުއްވަރީގައި ގެންގުޅޭ ފުލުހުންގެ ކާރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.