ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި މިސައިކަލުތަކަކީ 60 ދުވަސް ހަމަވުމުން ވެސް ވެރިފަރާތުން ހަވާލު ނުވެ ހުރި ސައިކަލު ތަކެކެވެ. އަދި އެއީ މިއަހަރު ތެރޭގައި ޓޯ ކުރެވިފައިވާ ސައިކަލުތަކެއް ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.
ޓޯ ކުރެވިފައިވާ ސައިކަލުތައް ތިލަފުއްޓަށް ގެންގޮސްފައިވަނީ ތިން ބުރެއްގެ މަތިންނެވެ.