ފުލުހުންނާއި މޮޅަދޫ ކައުންސިލް ގުޅިގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފުލުހުންނާއި މޮޅަދޫ ކައުންސިލް ގުޅިގެން ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި
ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހއ. މޮޅަދޫ ކައުންސިލް ގުޅިގެން މޮޅަދޫގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ހުކުރު ދުވަހުގެރޭ މޮޅަދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ހއ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ޚަލީލްއެވެ. މިރަސްމިއްޔާތުގައި މޮޅަދޫ ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުންނާއި، މޮޅަދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި، އިހަވަންދޫ ޕޮލިސް ސްޓޭޝަން އިންޗަރޖް ބައިވެރިވެފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 26 ން މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މޮޅަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމުގައި 38 ފަރާތަކުން ބައިވެރިވެފައިވެއެވެ.

10 ދުވަހުގެ މުއްތަށް ކުރިއަށް ގެންދިޔަ މި ކަސްރަތު ޕްރޮގްރާމުގައި ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރަތު ކުރާނެ ރަނގަޅު ގޮތްތަކާއި ފައިދާހުރި ކާނާއާބެހޭ މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދީފައިވަނީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.
މިއަދު އޮންލައިން