ގދ.ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނަށް ޕަބްލިކް އޯޑަރ ޓްރެއިނިންގ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ގދ.ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނަށް ޕަބްލިކް އޯޑަރ ޓްރެއިނިންގ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި
ގދ.ތިނަދޫގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައި ތިބި ފުލުހުންނަށް އަމާޒުކޮށްގެން ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

އިއްޔެ ތިނަދޫގައި ކުރިއަށް ގެންދިޔަ މި ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި ޓެކްޓިކަލް ޓްރެއިނިންގތަކާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންކުރާ އުކުޅުތައް ކިޔަވައިދީފައިވެއެވެ.މީގެއިތުރުން ފުލުހުންނާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކާއި އިންސާނީ ހައްގުތަކާއި ބެހޭގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޓަކްޓާއި އެތިކްސް ކިޔަވައިދިނުމުގެ އިތުރުން ޕަބްލިކް އޯޑަރގެ ހާލަތްތަކުގެ ބޭނުންކުރާ ފޯމޭޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ގދ.ތިނަދޫގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގި މި ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމަކީ ސެންޓަރަލް އޮޕްރޭޝަން ކޮމާންޑާއި ޑިވިޜަނަލް އޮޕަރޭޝަން ކޮމާންޑްގެ އިތުރުން މިވަގުތު ތިނަދޫގައި ހަރަކާތްތެރިވާ ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓްގެ ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ތިނަދޫގައި މަސައްކަތްކުރާ ފުލުހުންގެ 20 ފުލުހަކު ބައިވެރިވެފައިވެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން