މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. އިހަވަންދޫ އާއި ގދ. ތިނަދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.
އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ މި އޮޮޕަރޭޝަނުގައި ވަނީ އެދެރަށުގައި ދުއްވާ އުޅަނދުތަކަކީ ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބަލާފައެވެ. އަދި ލައިސަންސް ނެތި ސައިކަލު ދުއްވާ ފަރާތްތަކާއި ސައިކަލުގެ އަހަރީފީއާއި ރޯޑުވާދިނަސްއާއި އިންޝުއަރެންސް ސްޓިކާ ހަމަތޯ ބަލައި ޗެކްކޮށްފައިވެއެވެ.
މިގޮތުން ގދ.ތިނަދޫ ހިންގި އޮޕަރޭޝަނުގައި 53 އުޅަނދެއް ބަލައިފާސްކޮށް ޤަވައިދާ ޚިލާފުވި 4 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާއިރު ހއ.އިހަވަންދޫގައި ހިންގި އޮޕަރޭޝަނުގައި 10 އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ސިލްސިލާކޮށް ޓްރެފިކް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.
ޙަބަރު ޕޮލިސް