ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ ތިން އޮފިސަރަކު ޖަޕާނަށާއި އިންޑިއާއަށް ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ ތިން އޮފިސަރަކު ޖަޕާނަށާއި އިންޑިއާއަށް ފުރައިފި
ދިވެހި ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކެއްގައި ފުލުހުންގެ ސީނިއަރ ތިން އޮފިސަރަކު ޖަޕާނަށާއި އިންޑިއާއަށް ފުރައިފިއެވެ.

މިތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ޖަޕާނުގައި ކުރިއަށްދާ ކްރައިމް ޕްރިވެންޝަން އެންޑް ކްރިމިނަލް ޖަސްޓިސް ސެމިނަރގައި ބައިވެރިވުމަށް އެޤައުމަށް ފުރާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޙަނީފް އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޒީންއެވެ. ޖަޕާނުގެ ޓޯކިއޯ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގައި ކުރިއަށްދާ މި ސެމިނަރ އަކީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ސެމިނަރއެކެވެ.

އިންޑިއާގައި ކުރިއަށްދާ “ސްޓްރެޖިކް ޓޫލް: ޕާފޯމެންސް މެނޭޖްމަންޓް ސިސްޓަމް” ޕްރޮގުރާމުގައި ބައިވެރިވުމަށް އެޤައުމަށް ފުރާފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޖަވީދު މޫސާއެވެ. އިންޑިޔާގެ ނިއުދިލްލީގައި ކުރިއަށްދާ މި ޕްރޮގްރާމަކީ އިންޑިއަން ޓެނިކަލް އެންޑް އެކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މިއަދުން ފެށިގެން 2 ހަފްތާގެ މުއްދަތަށް ކުރިއަށްދާނެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން