ފުލުހުން ތަހުޤީޤުކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 36ސ
ފުލުހުން ތަހުޤީޤުކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއުން ތަހުޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ހޯދަމުންދާ ދެ މީހުންނަކީ ހއ.ހޯރަފުށި ފިތުރޯނުގޭ އަދުނާން ޤާސިމް (47އ)، އަދި ތ.ވިލުފުށި އިރުއައްސޭރި އިބްރާހިމް ވާޖިދު (23އ) އެވެ. މި ދެ މީހުން ހޯދަމުންދަނީ ކޮން ދެ މައްސަލައަކާ ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މިއަދު އޮންލައިން