ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 41ސ
ފުލުހުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
ފުުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ލ.ގަން ތުނޑި ރޯސް މުހައްމަދު މާޖިދު (23 އަހަރު)، އަދި ޏ.ފުވައްމުލައް ދިގުވާނޑު ބަނަފްސާގެ އައިމިނަތު އަޒީމާ (27 އަހަރު) އެވެ. މި ދެ މީހުން ފުލުހުން ހޯދަމުން ދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ކޮން މައްސަލައަކާ ގުޅިގެންކަމެއް ފުލުުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މިއަދު އޮންލައިން