ސުޕްރީމް ކޯޓުގެ އަމުރު ފުލުހުން ތަންފީޒު ކުރާނެ: ނަވާޒް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ސުޕްރީމް ކޯޓުގެ އަމުރު ފުލުހުން ތަންފީޒު ކުރާނެ: ނަވާޒް
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެއަމުރު ފުލުހުން ތަންފީޒު ކުރާނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

ނަވާޒް ވިދާޅުވީ ކޯޓު އަމުރު ތަންފީޒު ކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް މި ދަނީ ކުރަމުންކަމަށާއި އަދި ސަލާމަތާއި ރައްކާތެރި ކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށެވެ.

އަބްދުﷲ ނަވާޒް މިހެންވިދާޅުވީ ދައުލަތުގެ މީޑިއާ މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައެވެ.

މިރޭ ސިފައިންގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓްގެ އަމުރާ ގުޅިގެން ފުލުހުންގެ ކޮމިޝަނާއާ ގުޅުއްވަން ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ގުޅޭ ގޮތް ނުވުމުން އަރީފު މަގާމުން ވަކިކޮށްފައިވާކަމަށެވެ.

ކޮމިޝަނަ ކަމުން އަރީފު ވަކިކޮސް ފުލުހުންގެ މުއައްސަސާ ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑެޕިއުޓީ ކޮމިޝަނަ އަހުމަދު ސައުދީއާއެވެ.
މިއަދު އޮންލައިން