ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ފަށައިފިން- ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ފަށައިފިން- ފުލުހުން
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ރޭ ނެރެފައިވާ އަމުރު ތަންފީޒުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިރޭ ނެރެފައިވާ ކުރު ބަޔާނެއްގައެވެ. ޙުކުމް ތަންފީޒުކުރަން ފުލުހުން ކުރަނީ ކޮންކަމެއްކަން އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

"2018 ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުއްވި އަމުރުގައި ހިމެނޭ ކަންކަން ދައުލަތުގެ ބަންޑާރަނައިބާއި، ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލްގެ ލަފާފުޅުގެމަތިން ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާތުތައް ފުރިހަމަކުރުމަށްފަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ވާހަކަ ދަންނަވަމެވެ." ފުލުހުން ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން