އެސްއޯ ފުލުހުން މަޖިލީހުގެ އިދާރާ ކައިރިއަށް ގޮސް މީޑިއާ ދުރަށް ޖައްސައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އެސްއޯ ފުލުހުން މަޖިލީހުގެ އިދާރާ ކައިރިއަށް ގޮސް މީޑިއާ ދުރަށް ޖައްސައިފި
އެސްއޯ ފުލުހުން މަޖިލީހުގެ އިދާރާކައިރިއަށް ގޮސް އިދިކޮޅު ފަރާތްތަކުން ނޫސްވެރިންނަށް މައުލޫމާތުދެމުން ގެންދަނިކޮށް މީޑިއާ ދުރަށް ޖައްސައިފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވީ އިދިކޮޅު މެންބަރުންގެ ބައްދަލުވުމެއް މަޖިލީހުގެ އިދާރާގައި ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މަޖިލީހުގެ ޖަލްސާތައް ޤަވާއިދުން ކުރިއަށް ގެންދިއުމާއިބެހޭ ގޮތުން ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް މަޖިލިސް ހުޅުވާ ޖަލްސާ ނުބާއްވައި ކެންސަލް ކޮށްފައިވާތީ އެކަމަށް މަޝްވަރާކުރެއްވި ކަމަށެވެ.

އިބޫ ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރެއިން މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހަޅާނެ ކަމަށެވެ.

މަޖިލީހުގެ ސެކިޔުރިޓީ ބަލަހައްތަން ތިބި ސިފައިން މެންބަރުންގެ އެއްވެސް ކަމަކަށް ހުރަސްއަޅާފައެއް ނުވެއެވެ. މީޑިއާއަށް މައުލޫމާތު ދެމުން ގެންދިއައިރު އެކަމަށް ވެސް ހުރަސް އަޅާފައެއް ނުވެއެވެ.
މިއަދު އޮންލައިން