އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިއަކު ފުލުހުންގެ ތެރޭގައި މަސައްކަތެއް ނުކުރޭ- ފުލުހުން

ކިޔުމަށް ހޭދަވާނީ 49ސ
އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިއަކު ފުލުހުންގެ ތެރޭގައި މަސައްކަތެއް ނުކުރޭ- ފުލުހުން
ސީރިއާ އާއި އިރާޤުގައި ހަނގުރާމަކުރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ދިވެހި ހަނގުރާމަވެރިންތަކެއް، އެނބުރި މާލެ އައިސް މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) ގައި މަސައްކަތް ކުރަމުންދާ ކަމަށް ފެތުރޭ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައިއެސް ގެ ދިވެހި ހަނގުރާމަވެރިންތަކެއް މިހާރު އެމްޕީއެސް ގައި މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފެތުރޭ ވާހަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ފުލުހުންގެ މުއައްސަސާއަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ރައްކާތެރިކަންދޭ މުއައްސަސާއެއް ކަމަށެވެ.

އެހެންކަމުން މިފަދަ ވާހަކަތަކަކީ އޭގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި މިފަދަ ވާހަކަތައް ނުފެތުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރައްވާފައި ވެއެވެ.

މީގެއިތުރުން ފުލުހުންގެ މުއައްސަސާއާއި ދެކޮޅަށް މިފަދަ ވާހަކަތައް ފެތުރުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މިއަދު އޮންލައިން