މުޒާހަރާތަކާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ، އެމުއައްސަސާއިން ދޮގު ކޮށްފިއެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މުޒާހަރާ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ބަޔަކު ތިބިކަމަށް ބުނެ ހިއްސާ ކުރަމުން ދަނީ ދޮގު މައުލޫމާތެއް ކަމަށާއި ފެބްރުއަރީ 16 އަދި 17 ވަނަ ދުވަހު ކުރެވުނު މުޒާހަރާއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިވަގުތު ގެނެވިފައިވަނީ ހަ ފިރިހެނުން ކަމަށެވެ.
"ފެބްރުއަރީ 16 އަދި 17 ކުރެވުނު މުޒާހަރާގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ، ހަ ފިރިހެނުން" ފުލުހުންގެ ބަޔާނުގައިވެއެވެ.