ކުޅުދުއްފުށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހި ތަކަކާއިއެކު މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ކުޅުދުއްފުށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހި ތަކަކާއިއެކު  މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމީހާ ހައްޔަރު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހުގެރޭ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން، އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު މިމީހާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކުކުރެވިގެންނެވެ. 33 އަހަރުގެ މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 5 ސެލޯފިންކޮޅު، މިމީހާ ލައިގެންހުރި އެއްޗިހީގެ ޖީބުން ފެނިފައިވެއެވެ.

މީމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ކުޅުއްދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހްޤީޤު ކުރަމުންނެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން