ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެރަށުގެ ވިޔަފާރިވެރިންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފެބްރުއަރީ 26ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، އެރަށުގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ވިޔަފާރަވެރިން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި، އަލަށް ތަޢާރަފް ކޮށްފައިވާ ފައިސާގެ ސެކިއުރިޓީ ސިފަތަކާއި، މަކަރާއި ހީލަތުން އޮޅުވާލައިގެން ރީލޯޑް ރާސްޓަސް އެޅުމާއި ގުޅޭގޮތުން އަންނަ ފޯންކޯލްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމާއި، ފިހާރައާއި މުދަލުގެ ރައްކާތެރިކަމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކުގެ އިތުރުން ސީސީޓީވީ ހަރުކުރުމުގެ މުހިންމުކަމާއި، ސަލާމަތީގޮތުން ބޭނުންކުރެވިދާނެ އެނޫންވެސް އާލާތްތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ
ވޭމަންޑޫގައި ވިޔަފާރިކުރާ 10 ތަނަކަށް މިޕްރޮގްރާމްގައި ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މިޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ވޭމަންޑޫގައި މަސައްކަތްކުރާ ފުލުހުންނެވެ
ޙަބަރު ޕޮލިސް