އަނެއްކާވެސް އިތުރު ތިން ފުލުހަކު ހައްޔަރު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގައި ކުރިން މަސައްކަތް ކުރި ތިން ފުލުހުންނެވެ.
އިއްޔެ ހައްޔަރު ކޮށްފައިވާ އެތިން ފުލުހުންނަކީ އެސްއޯ ގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް އެހެން ޑިޕާޓްމެންޓުތަކަކަށް ބަދަލުކޮށް އަތޮޅު ތެރޭގެ ބައެއް ރަށްރަށަށް ފޮނުވާލާފައިވާ ފުލުހުންތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭގެތެރެއިން ދެ ފުލުހަކު ހައްޔަރު ކުރީ މާލެއިން ނެވެ. އަދި ތިންވަނަ ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ އަތޮޅު ތެރޭގައި ހުއްޓައެވެ.