ޣައިރު ޤާނޫނީ އަމުރުކުރުން ހުއްޓާލުމަށް ގޮވާލާ، ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ވީޑިއޯ އެއް އާންމުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 47ސ
ޣައިރު ޤާނޫނީ އަމުރުކުރުން ހުއްޓާލުމަށް ގޮވާލާ، ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ވީޑިއޯ އެއް އާންމުކޮށްފި
ފުލުހުންނަށް ކުރަމުންދަނީ ޣައިރު ގާނޫނީ އަމުރުތަކެއް ކަމަށާއި އެއަމުރުތައް ކުރުން ހުއްޓާލުމަށް ގޮވާލާ، ފުލުހުންގެ އެސްއޯ ޔުނިފޯމް ލައިގެން ތިބިބަޔަކުގެ ވީޑިއޯ އެއް އާންމުވެއްޖެއެވެ.

ޔޫޓިއުބަށް އަޕްލޯޑު ކޮށްފައިވާ އެވީޑިއޯގައި ފުލުހުންގެ އެސްއޯ ޔުނިފޯމުގައި ތިބި މީހުންތަކެއް ބުނެފައިވަނީ، މިހާރު ކަންތައް ހިނގަމުންދާ ގޮތުން ފުލުހުންގެ މުއައްސަސާ ޕީޕީއެމް ގެ ޖަގަހަ އަކަށް ވެފައިވާ ކަމަށެވެ.

"ވަރަށް ގާތުން މިދަނީ ބަލަމުން. އަޅުގަނޑުމެންގެ ވެރިންނަށް ބުނެލަން އޮތީ އަޅުގަނޑުމެން ބޭނުންކޮށްގެން ތިޔަ ހިންގާ ޖިނާއީ ކުށްތަކާއި އަޅުގަނޑުމެންގެ މައްޗަށް ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމުރުތަކަށް ލައްކަ ދުވަހަކު ކެތްތެރިވެވިއްޖެ" ވީޑިއޯގައި ވާހަކަ ދެއްކި އެކަކު ބުނާ އަޑު އިވެއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންކަމަށް ބުނެ އާއްމުކޮށްފައިވާ ވީޑިއޯގެ މައްސަލަ ބަލަމުން ގެންދާ ކަމުގައެވެ.


މިއަދު އޮންލައިން