ފުލުހުންގެ ޔުނިފޯމްގަ ތިބި ބައަކު އެއީ ފުލުހުން ނޫންކަން ފުލުހުންނަށް ކަށަވަރުނުވުމުން އެއީ ފުލުހުން ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތް: އިދިކޮޅު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ފުލުހުންގެ ޔުނިފޯމްގަ ތިބި ބައަކު އެއީ ފުލުހުން ނޫންކަން ފުލުހުންނަށް ކަށަވަރުނުވުމުން އެއީ ފުލުހުން ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތް: އިދިކޮޅު
ފުލުހުންގެ ޔުނިފޯމްގައި ތިބި ބައަކު އެއީ ފުލުހުން ނޫންކަން ފުލުހުންނަށް ކަށަވަރުނުވުމުން އެއީ ފުލުހުން ކަމަށް ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ރާއްޖޭގެ ކަންކަން ޤާނޫނު އަސާސީ އާއިއެއްގޮތަށް ނަގަހައްޓަން ބޭނުންވާ ބައަކު ފުލުހުންގެ ތެރޭގައިވެސް ތިބޭނެ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބައެއްކަން ވެސް ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.



މިމޭރުމުން ބުނީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބައަކު ޤާނޫނު އަސާސީ ނަގަހައްޓަން ނުކުންނާނެ ކަމަށް ބުނާ ވީޑިއޯއެއް ޢާންމުކުރުމާއި ގުޅިގެންނެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ހިންގިފަހުން އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މިހާރުވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިއަދު އޮންލައިން