ސަފުތައް އެއަށްވުރެ ބަދަހި، ދަންތޫރައެއްގަ ނުޖެހޭނަން- ފުލުހުން

ކިޔުމަށް ހޭދަވާނީ 1މ 3ސ
ސަފުތައް އެއަށްވުރެ ބަދަހި، ދަންތޫރައެއްގަ ނުޖެހޭނަން- ފުލުހުން
ފުލުހުން ބައިބައިކޮށް ސަފުތައް ބަލިކަށިކޮށްލަން ކުރާ އެއްވެސް ކަމަކަށް ފުރުސަތެއް ނެތް ކަމަށާއި އެކަމަށް ހަދާ އެއްވެސް ދަންތޫރައެއްގައި ނުޖެހޭނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިހެން ފުލުހުން ބުނެފައިވަނީ، ފުލުހުންކަމަށް ބުނާ ބަޔަކު އިންޒާރުތަކަކާއިއެކި ކޮށްފައިވާ ވީޑިއޯއެއް ރޭގެ ވަގުތެއްގައި އާންމުވެފައިވުމުންނެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފައްދާ އެއްބައިވަންތަކަން ނަގާލުމަށް ވީޑިއޯ އާއޮ ފޮޓޯތައް ހެދުމަކީ އޮއްޓަރެއް ނެތް ކަމެއް ކަމަށާއި އެއަށްވުރެ ފުލުހުންގެ ސަފުތައް މާބަދަހި ކަމަށެވެ. އެހެންކަމުން އެފަދަ ދަންތޫރައެއްގައި ފުލުހުން ނުޖެހޭނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

މީގެއިތުރުން ޝިފާން ވިދާޅުވެފައިވަނީ އިދިކޮޅު މަދު ބަޔަކު ރޭ މަޖީދީ މަގުގައި ކުރި މުޒާހަރާގެ ސަބަބުން ވަތަށް ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ގެއްލުންވާ ގޮތަށް މުޒާހަރާ ކޮށްފައިވާ ކަމަށެވެ.

"މަޖީދީ މަގުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދަނީ މަގުގައި ދުއްވާ އެއްޗިއްސަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ވިޔަފާރިވެރިން އަދި އެނޫންވެސް އެހެން ފަރާތްތަކަށް އިނދަގޫވާ ގޮތަށް" ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން