ކާރެއްގައި ރޯކުރަން އުޅުނުކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
މިފަދަ ތުހުމަތުތަކުގައި އިތުރު 3 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެކަކު ހައްޔަރުކޮށްފައިވަނީ ރޭ ފުލުހެއްގެގައަށް ކަޅުތެޔޮ ޖެހުމުގެ ތުހުމަތުގައެވެ. 2 މީހުން ހައްޔަރުކުރީ ކަރަންޓް ސަބްސިޑީ ފޮށްޓެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައެވެ.