ފުލުހުންގެ ޔުނިފޯމްގައި އަނެއްކާވެސް އެހެން ވީޑިއޯއެއް

ކިޔުމަށް ހޭދަވާނީ 55ސ
ފުލުހުންގެ ޔުނިފޯމްގައި އަނެއްކާވެސް އެހެން ވީޑިއޯއެއް
ފުލުހުންގެ އިސްވެރިންނަށާއި ސަރުކާރަށް އިންޒާރުދީ ފުލުހުންގެ ޔުނިފޯމްގައި ތިބި ބައެއްގެ ވީޑިއޯއެއް މީޯގެ ދެ ދުވަސް ކުރިން އާންމުވެފައިވާއިރު، އެފަދަ ދެވަނަ ވީޑިއޯއެއް އަނެއްކާވެސް އާންމުވެއްޖެއެވެ.

އެފަދަ ދެވަނަ ވީޑިއޯއެއް އާންމުކޮށްފައިވާއިރު، އެވީޑިއޯގައި ބުނެފައިވަނީ މިއީ އެގޮތަށް ނެރޭ ފަހު މެސެޖު ކަމުގައެވެ.

އެވީޑިއޯގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިންނާއި ވަކި ހިސާބަކުން ގުޅޭނެކަމަށް މާތް ﷲ ގަންދީ ހުވާ ކުރާކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު މުޒާހަރާއަށް ނިކުތުމަށް އެދޭ ކަމަށްވެސް ވީޑިއޯގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެން އޮޕަރޭޝަނަލް ޓީމް މުޅި އެސްއޯ ޓީމާއި އެކީގައި މާތް ﷲ ގަންދީ ހުވާކޮށް ތިބޭފުޅުންނާއި އެކީގައި ބައިވެރިވާނަން" ފުލުހުންގެ ޔުނިފޯމްގައި، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފެންނަ އެވީޑިއޯ އިން ބުނާ އަޑު އިވެއެވެ.

މިއަދު އޮންލައިން