ބޮލުގަ ރިއްސަނީތަ؟ އިނގުރަކީ ފަރުވާއެއް!

ކިޔުމަށް ހޭދަވާނީ 1މ 6ސ
ބޮލުގަ ރިއްސަނީތަ؟ އިނގުރަކީ ފަރުވާއެއް!
ބޮލުގައި ރިހުމަކީ އާންމު ގޮތެއްގައި އެންމެންނަށް ވެސް ޖެހޭ ބައްޔެކެވެ.

ހަމަ ނިދި ނުލިބޭނަމަ، ނުވަތަ ގައިން ލޭ މަދުވާނަމަ، ނުވަތަ ކަންކަމާއި މާބޮޑަށް ވިސްނުމުން ވެސް ބޮލުގައި ރިއްސަން ފަށައެވެ. މިފަދައިން ބޮލުގައި ރިހެން ފެށުމުން އާންމުގޮތެއްގައި ކޮންމެ މީހަކުވެސް ބޭނުންކުރާ އެންމެ މައްޝޫރު ބޭހަކީ ޕެނެޑޯލް އެވެ.
މިހާރު މިއޮތީ ހަށިގަނޑު ތެރެއަށް އެކެމިކަލްތައް ފޮނުވުން ހުއްޓާލާ ޕެނެޑޯލް ގުޅަ އެއްލާލާ ދުވަސް ޖެހިފައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އިނގުރަކީ ބޮލުގައި ރިހުމަށް ހުރި ވަރަށް ރަނގަޅު ފަރުވާއެކެވެ.

އެގޮތުން ހެދޭނެ އެއް ފަރުވާއަކީ އިނގުރާއި ލުނބޯ އެއްކޮށްގެން ހެދޭނެ ފަރުވާއެކެވެ. އިނގުރުކޮޅެއް ޗިސް ކުރުމަށްފަހު ލުނބޯހުތް ކޮޅަކާއި އެއްކޮށްލާފައި ބުއިމުން ބޮލުގައި ރިހުމަށް ލުޔެއް ލިބޭނެ ކަމަށް ކަމާބެހޭ މާހިރުން ބުނެފައިވެއެވެ. މިބުއިން ހަފްތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ބުއިމަށް އިރުޝާދު ދީފައިވެއެވެ.

މީގެއިތުރުން މުގުރާފައި ހުރި އިނގުރާއި ފެން ފޮދެއް އެއްކުރުމަށްފަހު ޕޭސްޓެއް ހަދާ، އެޕޭސްޓު ނިތްކުރީގައި އުނގުޅާފައި 10 ވަރަކަށް ބެހެއްޓުމުންވެސް ބޮލުގައި ރިހުން ފިލައެވެ.

އިނގުރު ބޭނުން ކޮށްގެން ބޮލުގައި ރިހުމަށް ހެދޭނެ އެހެން ފަރުވާއަކީ އިނގުރުކޮޅެއް ފެނުގައި ކެއްކުމަށްފަހު އޭގެ ވަހުން އާވި އެރުވުމެވެ. މިއަި ވެސް ބޮލުގައި ރިހުމަށް ހުރި ފަރުވާއެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.
މިއަދު އޮންލައިން