411 ފުޅި ބަނގުރަލާއި 84 ދަޅު ބިއަރާއެކު 6 މީހަކު އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖްނި ޝުއައިބް މިއަދު ވިދާޅުވީ މިތަކެއްޗާއި މީހުން އަތުލައިގަތީ މާލެ ގެނެސް ޕިކަޕެއްގައި ގެންގޮސް ގުދަން ކުރުމަށް މާލޭގެ ގެއަކަށް ބާލަނިކޮށް ކުށުގެ ވެށިން ކަމަށެވެ.
މިމަހުގެ 3 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހިންގި މިއޮޕަރޭޝަނާއި ގުޅޭ މި މައްސަލައިގައި އަތުލައިގެންފައިވަނީ 27 އަހަރުން ދަށުގެ 4 ދިވެހި ޒުވާނުންނާއި ޤަވާއިދާއި ޚިލާފަށް އުޅޭ 2 ބަންގާޅީންނެވެ. މިތަކެއްޗަކީ ޓޫރިސްޓޫންނަށް ވިއްކުމަށް ސަފާރީއަކަށް ހުޅުމާލޭ ބޮންޑެޑް ވެއަރ ހައުސް އިން ދޫކުރި ތަކެއްޗެވެ.
ފުލުހުން ވަނީ މިފަދަ ކަންކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމަށާއި މިފަދަ ކަންކަން ކުރާ މީހުން އަތުލައިގަތުމަށް އެއްބާރުލުން ދިނުމަށް އެދިފައެވެ. އަދި ގެދޮރު ކުއްޔަށް ދޭ މީހުންގެ ސަމާލުކަން އިތުރުކުރުމަށް ވެސް އެދިފައެވެ.