ރާއްޖޭގެ ދިދަ ހިފައިގެން އިސްރާއީލުގެ އަނިޔާވެރި ސިފައިންނާއި ދެކޮޅަށް ފަލަސްތީނު ރައްޔިތުން މުޒާހަރާކުރީ، އެޤައުމުގެ ހިތްދަތި ދިރިއުޅުމަށް ހައްލެއް ހޯދައިދިނުމަށް ދިވެހިން ކުރަމުންދާ މަސައްކަތްތައް ބަލައިގަނެ ޝުކުރު އަދާކުރުމުގެ ގޮތުން ކަމުގައި "ފްރެންޑްސް އޮފް ޕެލަސްޓައިން އިން މޯލްޑިވްސް" ޕޭޖް އިން ބުނެފައިވެއެވެ.
އިޒްރޭލު ސިފައިން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ޝަހީދު ކޮށްލާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤައުމީ ފެންވަރުގައި ހަރަކާތްތަކެއް ބާއްވަމުން ދިވެހިން ގެންދެއެވެ. އެންމެ ފހުން އެފަދަ ހަރަކާތެއް ހިންގުނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެހަރަކާތުގައި މުޅި ރާއްޖެއިން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ފައިސާ ހޯދުމަށް ހަރަކާތްތަކެއް ހިންގާ، އެތައް މިލިއަން ރުފިޔާއެއް އެޤައުމުގެ ރައްޔިތުންނަށް ދިވެހިން ހަދިޔާ ކޮށްފައިވެއެވެ.
މީގެއިތުރުން ފަލަސްތީނުގެ ނަމުގައި އަދި އެޤައުމުގެ ދިފާއުގައި، މިނިވަން ދައުލަތެއް ގާއިމް ކޮށްދިނމަށް ރާއްޖޭ ސަރުކާރުން ގެންދަނީ ބައިނަލްއަގްވާމީ ހުރިހާ މައިދާނެއްގައި އަޑުއުފުލަމުންނެވެ.