އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މ. މުލީގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މުލީ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
އޭޕްރީލް 16ވަނަ ދުވަހުފެށި މިޕްރޮގްރާމްގެ ތެރެއިން، މުލީގައި ހިންގާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ .
އެގޮތުން ކުށްކުރުމުގެ ކުރިން ކުށުން ރައްކާތެރިވެތިބުމަށް ހަރުދަނާ ފިޔަވަޅުއެޅުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މިޕްރޮގްރާމްގައި، ވައްކަންކުރުންފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ފިހާރަތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމާއި، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ފޯންކޯލްތަކަށް މިހާރަށްވުރެ ބޮޑަށް ސަލާކަން ދިނުމަށް އިރުޝާދު ދިނުމަށް ހަމަޖެހިފައިވެއެވެ.
ކުށްމަދު އަމާން މުޖުތަމަޢެއް ޤާއިމްކުރުމަށް، ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ޙަބަރު ޕޮލިސް