ޖަރުމަނު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އަވަސް ފަރުވާއަށް އެމްއެންޑީއެފް ކޯސްޓްގާޑުން އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ޖަރުމަނު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އަވަސް ފަރުވާއަށް އެމްއެންޑީއެފް ކޯސްޓްގާޑުން އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފި
ޖަޕާނުގެ ނަގޯޔާ ބަނދަރުން ފުރައިގެން ސައުތު އެފްރިކާގެ ޕޯޓް ކެލަންގއަށް ދަތުރުކުރަމުންދިއަ ޖަރުމަންވިލާތުގެ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފިއެވެ.

މި ބަލިމީހާ އައްޑޫ ސިޓީ ފޭދޫއަށް ގެނެސްދިނުމަށް މިއަދު 17:00 ހާއިރު ޑޮކްޓަރުންގެ ޓީމަކާއެކު ސިފައިން ވަނީ އެ ބޯޓު އޮތް ސަރަޙައްދަށް ދިއުމަށް ފުރައިފައެވެ. ސިފައިން މި ބަލިމީހާ ނަގާފައި ވަނީ އައްޑޫ ސިޓީ ގަމާއި 12 މޭލު ބޭރުގައި މި ބޯޓު އޮއްވައެވެ.

މި ބަލި މީހަކީ، އުމުރުން 41 އަހަރުގެ ޔޫކްރެއިންގެ ރައްޔިތެކެވެ. އަދި، މި ބަލިމީހާ މިރޭ 19:00 ހާއިރު ވަނީ އައްޑޫ ސިޓީ ފޭދޫއަށް ގެންގޮސްދީފައެވެ.


މިއަދު އޮންލައިން