ފުލުހުންނާއި ގުޅީ ކައުންސިލް ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ފުލުހުންނާއި ގުޅީ ކައުންސިލް ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި
ކ.ގުޅީ ޕޮލިސް ޑެސްކާއި ގުޅީ ކައުންސިލް އިދާރާ ގުޅިގެން އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އޭޕްރިލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދުޅަހެޔޮ މުޖުތަމަޢަކަށް ކަސްރަތުގެ ނަމުގައި ކުރިއަށްގެންދާ ކަސްރަތު ޕްރޮގްރާމަކީ ކ.ގުޅި ޕޮލިސް ޑެސްކާއި ގުޅީ ކައުންސިލް އިދާރާ ގުޅިގެން އެރަށުގައި ދިރިއުޅޭ 18 އަހަރުން މަތީ ދެޖިންސުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ކަސްރަތު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ކަސްރަތުގެ އިތުރުން މޫދު ކަސްރަތު ކުލާސްތަކަކާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ސިއްޙީ މައުލޫމާތު ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި ޕްރޮގްރާމުގައި ފައިދާހުރި ކާނާއާއި ކަސްރަތުގެ މުހިންމުކަމާއި، ކަސްރަތުން ލިބޭ ފައިދާތަކާއި، ގޭގައި ފަސޭހަކަމާއެކު ކޮއްލެވޭނެ ލުއި ކަސްރަތުތަކާއި، ގާނޫނާ ޤަވާއިދުތަކަށް އަޙުލުވެރިކުރުވުމަށް ވަނީ ހަމަޖެހިފައެވެ.

ކ.ގުޅި އިރުމަތީފަރާތު މޫދު ސަރަޙައްދުގައި ކުރިއަށްދާ މި ކަސްރަތު ޕްރޮގްރާމުގައި 75 ބައިވެރިޔަކު ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި އިންސްޓްރަކްޓަރެއްގެ ހަރަކާތްތެރިވަނީ ޕޮލިސް ސްޓާފް ސަރޖަންޓް އަޙްމަދު ޝަޒުމީންއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން