ރ.ކިނޮޅަހުގެ ގެއެއް ބަލައިފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ
ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރ.އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ރ އިނގުރައިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ކިނޮޅަހު ގެއެއް ބަލައިފާސްކޮށެވެ.
އެގެ ބަލައިފާސްކުރިއިރު އެގެއިން ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކަކާއި ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ ކަރުދާސްތަކެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މި މައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ