ހުޅުމާލޭގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 24ސ
ހުޅުމާލޭގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 18:18 ހާއިރުއެވެ.

މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިހާދިސާ ހިނގުމުން އޭނާގެ ހަށިގަނޑު ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
މިއަދު އޮންލައިން