ރިޔާސީ އިންތިހާބަށް ޤާނޫނީ ލަފާދޭ ކޮމެޓީއެއް އެކުލަވާލަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 39ސ
ރިޔާސީ އިންތިހާބަށް ޤާނޫނީ ލަފާދޭ ކޮމެޓީއެއް އެކުލަވާލަން ނިންމައިފި
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދޭނެ ޤައުމީ ކޮމެޓީއެއް އެކުލަވާލަން ނިންމާ، އެކިއެކި މުއައްސަސާތަކަށާއި ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދައުވަތު ފޮނުވައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އީސީ ގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތައް ހިމަނައިގެން 17 ފަރާތަކަށް އެކޮމިޓީގައި ތަމްސީލު ކުރާނެ ބޭފުޅުންގެ ނަން ފޮނުވަން އަންގާފައިވާނެ ކަމަށެވެ.

"ނަންތައް ފޮނުވިހާ އަވަހަކަށް އަޅުގަނޑުމެން އިންތިޙާބަށް ލަފާދޭނެ ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ފަށާނަން" އަކްރަމް ވިދާޅުވިއެވެ.

މިފަދަ ކޮމިޓީއަކީ، އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނުގެ ދަށުން އުފައްދަން ޖެހޭ ކޮމިޓީއެކެވެ. ރިޔާސީ އިންތިހާބާއި ބެހޭ ކަންކަމުގައި އެކޮމިޝަނަށް ލަފާދޭނީ އެކޮމިޓީންނެވެ.
މިއަދު އޮންލައިން