އޮޅުވެލީގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކިޔުމަށް ހޭދަވާނީ 28ސ
އޮޅުވެލީގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ
ރިސޯޓެއް ތަރައްގީ ކުރަމުންދާ ކ. އޮޅުވެލީގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އެބަދެއެވެ.

އެމްއެންޑީއެފް ގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވިގޮތުގައި އެމީހާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 20:25 ގައެވެ. އަދި އެރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ކޯސްޓްގާޑުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކެޕްޓަން އާޒިމް ވިދާޅުވެފައިވެއެވެ.

މިހާދިސާއާއި ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މިއަދު އޮންލައިން