ދިވެހި ސިފައިން ޤައުމު ވިއްކައެއް ނުލާނެ- ޝިޔާމް

ކިޔުމަށް ހޭދަވާނީ 43ސ
ދިވެހި ސިފައިން ޤައުމު ވިއްކައެއް ނުލާނެ- ޝިޔާމް
ޤައުމުގެ ބައެއް މީހުން "ޕްރައިޒް ޓެގެއް" ޖަހައިގެން އުޅުނަސް ދިވެހި ސިފައިންނަކީ ޤައުމު ވިއްކާލާނެ ބައެއް ނޫންކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިފައިންގެ ތެރެއިން، އެންމެ މަތީ ރޭންކުގެ މީހާއިން ފެށިގެން އެންމެ ދަށް ރޭންކުގެ ސިފައިންގެ މީހާވެސް ސާބިތުވެ ހުންނާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދިވެހި ސިފައިން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމުގެ ހެވާއި ލާބައަށްޓަކައި ކަމަށާއި ސިފައިން ތިބޭނީ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ވަފާތެރިކަމާއި އެކުގައި ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޖެނެރަލް ޝިޔާމް ވިދާޅުވިއެވެ.
މިއަދު އޮންލައިން