ހުޅުމާލޭގައި ހުންނަ ކުންފުންޏެއްގެ އޮފީހަކަށް ވަގަށް ވަދެ، އެއޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރު ކުރީ 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.
މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ އަންނާތީ ހުޅުމާލޭ ޕޮލިސްއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ރޭ 03:10 ހާއިރު ލިބުނު މަޢުލޫމާތަކާ ގުޅިގެން އެއޮފީހަށް ދިޔައިރު، ތިޖޫރި ހަލާކުކޮށްލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އަދި އެ ދެމީހުން އެވަގުތު ތިބި ތަނުން ތިޖޫރި ހަލާކުކޮށްލުމަށްޓަކައި ބޭނުންކުރަމުންދިޔަ ބައެއް އާލާތްތައްވެސް ފެނިފައިވާ ކަމަށެވެ
މިމައްސަލަ ހުޅުމާލޭ ޕޮލިސްއިން ދަނީ ތަޙުޤީޤު ކުރަމުންއެވެ