"ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްެވެވިއެވެ. ހަމަކަށަވަރުން ﷲ އަނިޔާވެރިޔާއަށް ދޫދެއްވަވައެވެ. ދެން އެއަނިޔާވެރިޔާގެ ގައިގައި ﷲ ހިއްޕަވާހިނދު ދޫނުކުރައްވަވާ ހުއްޓެވެ. ހޫދު ސޫރަތުގެ 102 ވަނަ އާޔަތް ބައްލަވާށެވެ." މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ކުރައްވަވާފައިވާ ޓްވީޓެކެވެ.
ހޫދް ސޫރަތުގެ 102 ވަނަ އާޔަތުގައި ވަނީ "ރަށްތައް. (އެބަހީ ރަށްތަކުގެ އަހުލުވެރިން) އަނިޔާވެރިވެގެންވާ ޙާލު، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެރަށްތައް ހިއްޕަވާ ހިނދު، އެކަލާނގެ ހިއްޕެވުން އޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން. އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި ގަދަފަދަ ކަމެކެވެ."
މިއާޔަތާއި ވިދިގެން މާތްﷲ ވަނީ އާޚިރަތް ދުވަހާއިމެދު ބިރުވެތިވުމަށް އަމުރުފުޅުކުރައްވަވައިފައެވެ. '
"ހަމަކަށަވަރުން، އާޚިރަތުގެ ޢަޒާބަށް ބިރުވެތިވެއްޖެ މީހާއަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. އެއީ އެދުވަހަށްޓަކައި މީސްތަކުން އެއްކުރައްވަވާނޭ ދުވަހެކެވެ. އަދި އެއީ (އެންމެން) ދެކޭނޭ ދުވަހެކެވެ."
ޖެހިގެން އޮތް އާޔަތުގައި ވަހީ ކުރައްވަވާފައިވަނީ "ޢަދަދު ކުރައްވަވާފައިވާ މުއްދަތަކަށް މެނުވީ، ތިމަން ރަސްކަލާނގެ އެދުވަސް ފަހެއް ނުކުރައްވަވަމެވެ."
މިއާޔަތުގެ މާނައިން އިންސާނުންނަށް ބާރުތައް ދެއްވަވަނީ ވަކި މުއްދަތަކަށް ކަމާއި އެ މުއްދަތު ކަނޑައަޅުއްވަވާފައިވާ ދިގުމިނަށްވުރެ އިތުރު ނުކުރައްވަވާނެކަން ހާމަވެގެންދެއެވެ.
Rasoolu ِالله salla ُالله alaihi
— Ilyas Hussain (@ilyaasipa) April 25, 2018
Va sallama hadheesukure vieve:
" hamakashavarun الله aniyaveriya a dhoodhevvaeve dhen a aniyaaveriya gai a ilaahu hippavahidhu dhoo nukuravvahutteve."
Dhen hoodhu soorathuge (102) aayah kiyava vidhalhuvieve.