ކުޑަކުދިންގެ ހިޔާއަށް އެހީ ހޯދުމަށް ކަމަށް ބުނެ، ޢާންމުން ފަރާތްތަކަށް ގިނަ ފޯނު ކޯލުތަކެއް ލިބެމުންދާ ކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށް ލިބިމުން ދާކަމަށް ބުނެފި
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ނުވަތަ މި މިނިސްޓްރީގެ މަރުކަޒުތައް ކަމުގައިވާ ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގެ ފަރާތުން އެހީ ހޯދުމުގެ އެއްވެސް ހަރަކާތެއް ފޯނު މެދުވެރިކޮށް ނުވަތަ މުއާޞަލާތީ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ކުރިއަށް ނުގެންދާ ކަމަށް ބުނެފި އެވެ
މި ފަދަ ކަންކަމަށް އެންމެހައި ފަރާތްތަކުން ސަމާލުވެލައްވައި، ފޯނު ކޯލާއި އެސްއެމްއެސްއާއި އީމެއިލް، އަދި މި ނޫން ވެސް މުއާޞަލާތީ ވަސީލަތެއް މެދުވެރިކޮށް މި ފަދަ ހަރަކާތެއް އެއްވެސް ފަރާތަކުން މި މިނިސްޓްރީގެ ނަމުގައި ހިންގާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފި ނަމަ، ލަސްނުކުރައްވައި އެ ކަމުގެ މަޢުލޫމާތު މި މިނިސްޓްރީއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަންބަރު 3322111އާ ގުޅުއްވައި ޙިއްޞާކުރެއްވުން އެދެފިއެވެ
We have received reports of a phone call SCAM on behalf of #KudakudhingeHiya and #Fiyavathi Shelter. Please note that #KudakudhingeHiya #Fiyavathi or Ministry does not conduct fundraising activities via phonecalls. ⁰https://t.co/EWFbwM4vtq
— Ministry of Gender & Family (@Min_Gender) April 26, 2018