ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އޮތް ދެ އުޅަނދެއްގައި އަލިފާން ރޯވެއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އޮތް ދެ އުޅަނދެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭގެ ދެ ސަރަހައްދެއްގައި އޮތް ދެ އުޅަނދެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަމް އިބްރާހިމް އާޒިމް ވިދާޅުވީ ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގައި އެހަލާފައި އޮތް ބާޖޭއްގައި އަލިފާންގެ ހާދިސާ ހިނގައިގެން އުޅޭތީ އެމްއެންޑީއެފް ފަޔާ ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި އޮތް ކްރޭނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އެ ކްރޭންގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވަކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ

މިއަދު އޮންލައިން