ރާއްޖޭގެ އެންމެ އިސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަދައިގަންނަވާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އެޗްޑީސީގެ އިސްނެގުމަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އެމެރިކާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޔޫސުފް އެސްޓީސް އާއި ބައްދަލުކުރައްވައިފިއެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވެފައިވަނީ އިސްލާމް ދީން ފެތުރުއްވުމަށް ދުނިޔޭގެ ފެންވަރުގައި މަސަކަތްޕުޅު ކުރައްވަމުން ގެންދަވާ ޔޫސުފް އެސްޓީސް ފަދަ ޢިލްމުވެރިއަކާއި ބައްދަލުވެވަޑައިގަތުމުން ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށެވެ.
ޔޫސުފް އެސްޓީސް ދެއްވާ ދަރުސެއް މާދަމާ ރޭ 8:30 ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
Delighted to meet Sheikh @yusufestes from USA, one of the most globally renown muslim preachers. pic.twitter.com/f0AGGLJR0J
— Ali Zahir bin Saeed (@alizahirsaeed) April 26, 2018