ސްޕްރީމް ކޯޓުން މިއަަހރުގެ 1 ފެބްރުއަރީގައި ނެރުނު ޙުކުމް ތަންފީޒުކުރުމަށް ގޮވާލައި މާފުށި ޖަލު ބޭރުގައި ކުރިއަށް ގެންދިއަ މުޒާހަރާއަށް ވަޑައިގަތުމުން ސަރުކާރުން ޓެރަރިސްޓަކަށް ހަދައި މިހާރު އެ ފައްތަނީ 17 އަަހަރުގެ ގޮޅިއަކަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް މިއަދު ވިދާޅުވީ ސަރުކާރުން އޭނާ އާއިމެދު އެގޮތަށް އަމަލުކުރަނީ އޭނާގެ މައްޗަށް ދެއްކުރާ ދައުވަާތަކަކީ ކުދިކުދި ދައުވާތަކަކަށްވާތީ ބޮޑު އަދަބެއް ދިނުމަށް ކަމަށެވެ.
އެދުވަހުގެ މުޒާހަރާގެ ތެރެއިން މަކްލޫފް މާފުށީ ޖަލަށް ވަދެވަޑައިގެންނެވި ކަމަށް ސަރުކާރުން ބުނާ ބުނުން މަޚްލޫފް ވަނީ ދޮގުކުރައްވައިފައެވެ. މަޚްލޫފް ވިދާޅުވީ މުޒާހަރާކުރީ ޖަލު ބޭރުގައި ކަމަށާއި ޖަލަށް ވަދެވަޑައިގެންފައި ނުވާނެ ކަމަށެވެ.
ރާއްޖޭގެ ކޯޓުތަކުން މިހާރު ކޮށްފައިވާ ޙުކުމްތަކަށާއި މިހާރު އުފުލާފައިވާ ދައުވާތަކަށްބަލާއިރު ދުނިޔޭގެ ނިޞްބަތުން އާބާދީއަށް ބަލައިފިނަމަ ރާއްޖެ ހިމެނޭނީ އެންމެ ޓެރަރިސްޓުން ގިނަ ޤައުމުގެ ގޮތުގައެވެ. ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މިހައިތަނަށް ބުނަމުން ގެންދަނީ ރާއްޖޭގައި މިއިން ޒަމާނަކުވެސް ޓެރަރިޒަމްގެ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ.
I went to Maafushi with media to cover a small protest calling to implement SC ruling.Yesterday the PG official said that protesting outside prison isn’t a crime & the reason they charged me with terrorism was that the other charges would be minor. Now I face 17yrs @OmarWaraich pic.twitter.com/8Mu8BWSWMD
— Ahmed Mahloof (@AhmedMahloof) April 26, 2018