ހދ. ފިނޭ ކައުންސިލުގައި އިދާރީ މުވައްޒަފުންގެ ދަތިކަމާހެދި، އެކައުންސިލް ހުއްޓުމަކަށް އައިސްފައިވާކަމަށް ފިނޭ ކައުންސިލުން ބުނެފިއެވެ.
ފިނޭ ކައުންސިލުގެ ރައީސް ހަސަން ރަޝީދު ވިދާޅުވި ގޮތުގައި އެކައުންސިލުގެ އިދާރީ މަސައްކަތްތައް ކުރުމަށް ތިބީ އެތަނުގެ ޒިންމާދާރު ވެރިޔާއާއިއެކު އެންމެ މުވައްޒަފެއް ކަމަށެވެ. ޒިންމާދާރު ވެރިޔާ ބަލިވެގެން މިދުވަސްކޮޅު އޮފީހަށް ނާންނަކަމަށާއި އަދި ދެން ހުރި މުވައްޒަފުވެސް ޗުއްޓީއެއްގައި ހުރުމުގެ ސަަބަބުން މުޅި ކައުންސިލު ވަނީ ހުއްޓިފައި ކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ.
މުވައްޒަފުންގެ ދަތިކަމުގެ ކުރިމަތިވެފަިވުމުގެ ސަބަބުން އިތުރު މުވައްޒަފަކު ނެގުމުގެ ހުއްދައަސް ފިނޭންސް މިނިސްޓްރީގައި އެދިފައިވީ ނަމަވެސް، މިއަހަރުގެ ބަޖެޓުގައި އެކަމަށް ލާރި ހިމަނާފައިނުވާ ކަމަށާއި އެހެންކަމުން އެހުއްދަ ލިބެން ނެތް ކަމަށް މިމަހުގެ 23 ވަނަ ދުވަހު އަންގާފައިވާ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.