ވެރިކަމުގަ ރައީސް ޔާމީން ދެ ދައުރަށްވުރެ އިތުރަށް ބަހައްޓާނެ ގޮތެއް އެބަ ވިސްނަން: ނިހާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ވެރިކަމުގަ ރައީސް ޔާމީން ދެ ދައުރަށްވުރެ އިތުރަށް ބަހައްޓާނެ ގޮތެއް އެބަ ވިސްނަން: ނިހާން
ރާއްޖޭގެ ވެރިކަމުގައި 2 ދައުރަށްވުރެ ދިގު މުއްދަތަކަށް ރައީސް ޢަބްދުﷲ ޔާމީނ ބަހައްޓާނެ ގޮތަކާއިމެދު ވިސްނަވަމުން ގެންދަވާކަަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ހއ އިހަވަންދޫގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު ކޮށްދެއްވާފައިވާ ޚިދުމަތްތައް މިހާރުވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި ދެވަނަ ދައުރު ނިމޭއިރު ޤައުމަށް ގެންނަވާނެ ތަރައްޤީ މިހާރުވެސް ވިސްނިވަދައިގަންނަވާ ކަމަށެވެ. އެހެންކަމުން އެފަދަ ޚިދުމަތްތެރިއަކު ޤައުމުގެ ވެރިކަމުގައި އިތުރަށް ބަހައްޓާނެ ގޮތަކާއިމެދު ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގެ ޤާނޫނު އަށާސީގައި އަދި އޮތް ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ޤަނޫނު އަސާސީގައި ބުނެފައިވަނީ އެކަކަށް ގިނަވެގެން ރައިސްކަން ކުރެވެނީ 5 އަހަރުގެ 2 ދައުރުގައި ކަމަށެވެ.

ޗައިނާގެ ޤަނޫނު އަސާސީގައިވެސް ވެރިކަމުގެ މުއްދަތު ކަނޑަަޅާފައި އޮތީ 5 އަހަރުގެ 2 ދައުރަށެވެ. ނަމަވެސް ދާދިފަހުން ވަނީ ޤާނޫނު އަށާސީއަށް ބަދަލުގެނެސް ރައީސް ޒީ ޖިންޕިން ބޭނުންފުލުވާހައި ދުވަހަކު ވެރިކަމުގައި ހުންނެވޭ ގޮތަށް ޤާނޫނު އަސާސީއަށް ބަދަލުގެނެސްފައެވެ.
މިއަދު އޮންލައިން